ENGLISH

06 ޖުލައި 2025

Advertisement

އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް މުޢިއްޒުއަށް ދުނިޔޭގެ ރެކޯޑެއް

04 މޭ 2025

|

މުރުޝިދު އަބްދުލް ޙަކީމް

މެއި 3 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ފެށި ނޫސްވެރިންގެ ބައްދަލުވުން މެއި 4 ވަނަ ދުވަހުގެ ރޭ ދަންވަރާ ހަމައަށް ކުރިއަށް ގެންދިއުމާ އެކު، ގާތްގަނޑަކަށް 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާ އެކު، މިހާތަނަށް ޤައުމެއްގެ ވެރިއަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުުވުމުގެ ރެކޯޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުގުރާލައްވައިފި އެވެ.

މިހާތަނަށް އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ޔުކްރޭނުގެ ރައީސް ވޮޮލްޑަމީރް ޒެލެންސްކީ އެވެ. އެމަނިކުފާނުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދެވީ 14 ގަޑިއިރަށެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ 14 ގަޑި 54 މިނިޓަށް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަވައިފައެވެ. 

ރައީސް އޮފީހުގައި ރައީސް ޑރ. މުޢިއްޒު ނޫސްވެރިންގެ ބައްދަލުން ފެއްޓެވީ މެއި 3 ވަނަ ދުވަހުގެ ހެނދުނު 10.00 ޖެހިއިރުއެވެ. ނޫސްވެރިން ކުރަން ހުރި ހުރިހާ ސުވާލުތައް ކޮށްނިމުމުން ރައީސް ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވީ މެއި 4 ވަނަ ދުވަހުގެ ރޭ 12.54 ގަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ރައީސްވަނީ ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކާއި ކުރަމުންދާ ބައެެއް މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި 36 ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި ކޮންމެ ނޫސްވެރިއަކަށް ބޭނުން ކޮންމެ ސުވާލެއް ކުރުމަށް ފުރުސަތު ދީފައިވެ އެވެ.

ބޭނުން ކޮންމެ ދާއިރާއަކުން ސުވާލު ކުރަން ފުރުސަތު ދީގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ނޫސްވެރިން ސުވާލުކުރި އެވެ. މި ނޫސްވެރިންގެ ބައްދަލުވުން ކޮންމެ ނަމާދު ވަގުތަކަށް މެދު ކަނޑާލި ނަމަވެސް އަލުން ސުވާލުތަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދެވި އެވެ. މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ކުރި ސުވާލުތަކުގެ އަދަދު 20 އަށްވުރެ ގިނަ އެވެ.

ނޫސްވެރިންގެ ބައްދަލުވުން ދިގުލައިގެން ދިއުމުން ބައެއް ނޫސްވެރިން ވަނީ އެކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ހުރިހާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ. 

މެއި 3 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުން އޮންނާނެކަން ރައީސް ކުރިން އޮތީ އިއުލާންކުރައްވާފަ އެވެ. އެހެންވެ ނޫސްވެރިން ބޭނުން ކޮންމެ ސުވާލަކަށް ކުރިން އޮތީ ތައްޔާރުވާން ފުރުސަތު ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު