ENGLISH
06 ޖުލައި 2025
ނާއިބު ރައީސާއި ގުޅުން ރަނގަޅު، އިތުބާރު އެބައޮތް: ރައީސް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާ ގުޅުން ވަރަށް ރަނގަޅު ކަމަށާ އެމަނިކުފާނަށް އިތުބާރު އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ބާއްވަވަމުން ގެންދަވާ ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނުގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފްއާ ގުޅުމެއް ނެތް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ.
ނާއިބު ރައީސާއި ގުޅުން ރަނގަޅު ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޙުސައިން މުޙައްމަދު ލަޠީފަށް ދަޢުވަތު ދެއްވި ދުވަހު އޮތް އިތުބާރު މިހާރު ވެސް އެބަ އޮތް ކަމަށެވެ. އަދި އެ އިތުބާރު ކުރިއަށް އޮތްތާ ވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަނިންމޭޓުކަން ޙުސައިން މުޙައްމަދު ލަޠީފަށް ހުށައެޅުއްވީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދި އެކަން ޤަބޫލު ކުރެއްވުމުން ކުރީގެ ރައީސް ޔާމީންގެ "އެޕްރޫވަލް" ހޯއްދެވި ކަަމަށެވެ.
ސަރުކާރުގެ ތެރެއިން ނާއިބު ރައީސް އެއްވެސް ވަރަކަށް ބާކީ ނުކުރައްވާ ކަމަށާ އެމަނިކުފާނުގެ ބަދަލުގައި ވަރަށް ގިނަ ބޭރުގެ ދަތުރުތަކުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.