ENGLISH

06 ޖުލައި 2025

Advertisement

ދުވަހަކުވެސް ޤާނޫނާ ޚިލާފު ކަމެއް ނުކުރަން، ނާޖައިޒު ނުފޫޒެެއް ނުފޯރުވަން: ރައީސް

03 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. --ފޮޓޯ: ރައީސް އޮފީސް

ދުވަހަކުވެސް ޤާނޫނާ ޚިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އަދި ނުވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ރައީސް މުއިއްޒު, ނާޖައިޒު ކަންތައްތަކެއް ހިންގެވި ކަމަށް ބުނެ ބަޔަކު ފަތުރާ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވަނީ އެ ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފަ އެވެ.

ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި އެމަނިކުފާނު އެ މިނިސްޓްރީ ހިންގެވި ދުވަސްވަރު ވެސް މިނިސްޓްރީގައި އެތައް ސަތޭކަ މުވައްޒިފުން މަަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ބަޔަކު ދައްކާ ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް އޮތްނަމަ އެކަމުގެ ހެއްކެއް ވެސް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭސީސީ ފަދަ މައްސަލަތައް ތަޙުޤީޤު ކުރުމަށް ޚާއްސަ މުއައްސަސާތައް ހުރިކަން ފާހަގަ ކުރައްވާ އެފަދަ މުއައްސަސާތަކުން އެމަނިކުފާނާމެދު ކުރެވޭ ކޮންމެ ތުުހުމަތެއް ބެލުމާމެދު މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ދުވަހަކުވެސް ޤާނޫނާ ޚިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އަދި ނުވެސް ކުރައްވާނެ ކަމަށް ވަރަށް އިތުބާރާއެކު ސާފުކޮށް ބަހުން ވިދާޅުވި އެވެ. އަދި ދުވަހަކު ވެސް ނުފޫޒުގެ ބޭނުން ނާޖައިޒު ގޮތުގައި ހިއްޕަވާފައި ނުވާ ކަމަށާ ނުވެސް ހިފާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑެއް ދުވަހަކުވެސް ވަރަށް ކެޓަގަރިކަލީ މި ދަންނަވަނީ, ދުވަހަކުވެސް ޤާނޫނާ ޚިލާފު ކަމެއް ނުކުރަން އަދި ނުވެސް ކުރާނަން. އަޅުގަނޑެއް ދުވަހަކު ވެސް ނުފޫޒުގެ ބޭނުން ނާޖައިޒު ގޮތުގައި ނުހިފަން, ނުވެސް ހިފާނަން. އަޅުގަނޑަކީ ދުވަހަކުވެސް ކޮރަޕްޝަނުގެ ކަމެއް ކުރި މީހެއް ނޫން. ނުވެސް ކުރާނަން" - ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ރާއްޖޭގައި މައްސަލަތައް ބަލަން މިނިވަން މުއައްސަސާތައް އުފައްދާފައިވާ ކަމަށާ އެ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

އަދި އެމަނިކުފާނަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މުއައްސަސާތަކަށް މެންބަރުން އައްޔަނު ކުރުން ފިޔަވާ އިތުުރު ޒިންމާއެއް އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު