ENGLISH

06 ޖުލައި 2025

Advertisement

ރައީސް ޔަޤީންކަމާއެކު: މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ

03 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މި ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ވާދަވެރީންނާއި ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވައިފި އެވެ.

އެމަނިކުފާނު އެ ވާހަކަތައް ދޮގުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މިއަދު ހެނދުން ފެށިގެން މިރޭގެ ނިޔަލަށް ދިގު ދެމުންދިޔަ ނޫސްވެރީންގެ ބައްދަލްވުމުގައި މި ސަރުކާރުން ވެސް ފައިސާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އެމްއެމްއޭއާ ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެމަނިކުފާނު ޔަޤީންކަން ދެއްވީ މި ދައުރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރައްވާނެ ކަމެވެ.

"ފައިސާ ޗާޕުކުރުމުގެ ކަމެއް ކުރާކަށް ސަރުކާރަކުން އަދި އެމްއެމްއޭ އަކުން ވެސް ނުނިންމާ. އަދި ކުރިއަށް އޮތްތާގަ ވެސް ނުނިންމާނެ. މި ސަރުކާރުން މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ" ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ހުޅުމާލެ އިން ބޮޑު ބިމެއް ގަނެ އެތައް ބިލިއަން ރުފިޔާއެއް އިޤްތިސާދުގެ ތެރޭ ދައުރުކުރުވުމަށް ދޫކޮށްލަން ތައްޔާރުވަމުންދާ ކަމަށް ބުނެ ވާހަކަ ދަނީ ފެތުރެމުންނެވެ. ރައީސް ބުނީ އެކަމާއި ގުޅޭ މައުލޫމާތު އެމަނިކުފާނު ސާފު ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު