ENGLISH

06 ޖުލައި 2025

Advertisement

ޓެކްސީ ލައިން ތަޢާރަފު ކުރަން 80 ޕަސެންޓް ރައްޔިތުން ތާއީދު ކުރާނެ: ރައީސް

03 މޭ 2025

|

އަޙުމަދު ޙަމީދު

މާލޭގެ މަގެއްގައި ޓެކްސީތަކެއް

މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ސަރުކާރުން ޓެކްސީ ލައިން ތަޢާރަފު ކުރުމާއި ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެސޯސިއޭޝަންގެ ކަންބޮޑުވުން އޮތް ކަމަށް ވާތީ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ޓެކްސީ ލައިން ތައާރަފު ކުރުމުގެ ބޭނުމަކީ ކޮމްޕެޓިޝަނެއް އުފެއްދުން ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ޓެކްސީ ލައިންގެ ސަބަބުން ރައްޔިތުންނަށް ފަސޭހަ ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުން ޓެކްސީ ޑްެރައިވަރުންނަށް ވެސް ލިބޭނެ ފައިދާ ހުންނާނެ ކަމަށެވެ. އެ ގޮތުން ޓެކްސީ ލައިންގެ ތެރެއިން އެތައް ޑްރައިވަރުންނަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަރުދަނާ ޓެކްސީ ނިޒާމެއް އޮތުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ޓެކްސި ލައިން ތައާރަފު ކުރުމާއި ގުޅޭގޮތުން މިހާރުވެސް ވޯޓް ނަގައިފިނަމަ 80 ޕަސެންޓް ރައްޔިތުން ތާއީދު ކުރާނެ ކަމަށް ޔަޤީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"މިހާރުވެސް އަޅުގަނޑަށް ޔަގީން ވޯޓެއް ނެގިޔަސް 80 ޕަސެންޓް ރައްޔިތުން ތާއީދު ކުރާނެ"

ރައީސް ވިދާޅުވީ ގްރީން އަދި ކްލީން ވެހިކަލްތަކެއް ގެނެސް ފަސޭހަ އަދި އިންތިޒާމުވެފައިވާ ހިދުމަތެއް ފެށުމަކީ ރައްޔިތުންނާއި މުޖްތަމައުއަށް އެކަމުން ފައިދާ ލިބޭނެ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު