ENGLISH
06 ޖުލައި 2025
ނޫސްވެރިން ހިތް ފުރެންދެން ސުވާލުކުރަން ފުރުސަތު: އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ތާރީހުގެ ތެރެއަށް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުން ފެއްޓެވީ ހެނދުނު 10.00 ގަ އެވެ. ނޫސްވެރިންނަށް ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ރައީސްވަނީ ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކާއި ކުރަމުންދާ ބައެެއް މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި 36 ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ. އަދި ކޮންމެ ނޫސްވެރިއަކަށް ބޭނުން ކޮންމެ ސުވާލެއް ކުރުމަށް ކޮންމެ ނޫސްވެރިއަކަށް ދެ ބުރެއްގެ މަތިން ފުރުސަތު ދީފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުން 30 މިނެޓްގެ ވަގުތުކޮޅަކަށް ދެ ފަހަރަކު މެދު ކަނޑާލި އެވެ. އެއީ މެންދުރު ނަމާދާއި އަސްރުު ނަމާދުގެ ވަގުތު އެވެ. ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ރައީސް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފައިވާ ނުވާއިރު ބައެއް ނޫސްވެރިން 8 ސުވާލަށްވުރެ ގިނަ ސުވާލުވެސްކުރި އެވެ. ނޫސްވެރިން އެކި މައުލޫތަކުގައި ސުވާލުތައް ކޮށްފައެވެ.
މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިއަދު ނޫސްވެރިންނާ ބައްދަލުވުން އޮންނާނެ ކަން ރައީސް ކުރިން އޮތީ އިއުލާންކުރައްވާފަ އެވެ. އެހެންވެ ނޫސްވެރިން ބޭނުން ކޮންމެ ސުވާލަކަށް ކުރިން އޮތީ ތައްޔާރުވާން ފުރުސަތު ލިބިފަ އެވެ.