ENGLISH
01 ނޮވެމްބަރު 2025
އަބްދުއްރަހީމާއި އެއްވެސް މައްސަލައެއް ނެތް: ރައީސް
03 މޭ 2025
|
 
            ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރީންގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ތާރީޚީ ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ.
ރައީސް މުޢިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ކެނޑިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ހަޤީޤަތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި އަބްދުއްެރަހީމްގެ މެދުގައި މިހާރު ވެސް ރަޙްމަތްތެރި ކަމުގެ ގުޅުން އެބައޮތް ކަމަށެވެ.
"އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ނިންމެވުން ނިންމެވީ އެވަގުތަށް އެންމެ ރަނގަޅު ނިންމެވުން ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.
 
                       
                       
                      