ENGLISH
26 ނޮވެމްބަރު 2024
ރޮނާލްޑޯގެ ބައިސްކަލު ކިކާއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް
16 ނޮވެމްބަރު 2024
|
ރޮނާލްޑޯގެ އައިކޯނިކް ބައިސިކަލް ކިކް
އެންމެ މަޤްބޫލު
ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު 5-1 އިން ޕޯލަންޑް ބަލިކޮށް، ޔުއެފާ ނޭޝަންސް ލީގުގެ ކްއާޓާ ފައިނަލުން ޕޯޗްގަލް ރޭ ޖާގަ ކަށަވަރުކޮށްފިއެވެ.
ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ޔަގީންކުރީ ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މެޗުގައި ޕޯޗުގަލްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރޮނާލްޑޯއެވެ. އަދި އެއް ލަނޑު ޖެހުމަށް ފުރުސަތު ވެސް އޭނާ ވަނީ ތަނަވަސްކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގެ ބޭނުން ހިފައި ރަފައެލް ލެއޯ ވަނީ ޓީމަށް ލީޑު ނަގައިދީފައެވެ. ހަތްދިހަ ދެވަނަ މިނެޓްގައި ދެވަނަ ލަނޑު ރޮނަލްޑޯ ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. އަދި ތިންވަނަ ލަނޑު ޖެހީ ބުރޫނޯ ފެނާންޑޭޒް އެވެ. ޕޯޗްގަލްގެ ހަތަރު ވަނަ ލަނޑު ރޮނަލްޑޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ޕެޑްރޯ ނެޓޯއެވެ. ފަހު ލަނޑު އެއީ ރޮނާލްޑޯގެ ފޭނުންނަށް އެންމެ ހާއްސަ ލަނޑެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ އެންމެންގެ ބަސްހުއްޓުވައިލާ އޭނާގެ އައިކޯނިކް ބައިސްކަލް ކިކަކުންނެވެ. އެއީ ވިޓިންހާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ބުރޫނޯ ފެނާންޑޭޒްގެ ލަނޑު ކާމިޔާބުކުރުމުގެ މެދުވެރިއަކަށް ވެސް ވީ ހަމަ ވިޓިންހާއެވެ. ޕޯޗުގަލް އިން ފަސް ލަނޑު ކާމިޔާބުކޮށްފައިވަނިކޮށް ޕޮލަންޑުން ވަނީ ލަނޑެއް ޖަހައިފައެވެ. އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑޮމިނިކް މާކްޒުކްއެވެ.
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
މެޗުގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ސީޒަންގައި އޭނާގެ ޖުމްލަ އަކީ 15 ލަނޑެވެ. ނޭޝަންސް ލީގުގައި ކުޅުނު ފަސް މެޗުން ވަނީ ފަސް ގޯލް ޖަހައިފައެވެ. ކުރިއަށް އޮތް ކްރޮއޭޝިޔާ މެޗަށް ކޯޗު ވަނީ ރޮނަލްޑޯ އަށް ރެސްޓް ދީފައެވެ. ކެރިއަރުގައި ރޮނަލްޑޯ ޖެހި ގޯލްގެ އަދަދަކީ މިހާރު 910 އެވެ.
މެޗަށްފަހު ރޮނަލްޑޯ ބުނީ ރެކޯޑު ހަދަން މިހާރު ނުވިސްނާކަމަށެވެ. އެކަމަކު އަބަދުވެސް ތާރީޚުން ޖާގަ ލިބުމަކީ އޭނާ އުފާކުރާ ކަމެއް ކަމަށް ބުންޏެވެ.
އުމުރުން ދުވަސްވީ ނަމަވެސް ރޮނާލްޑޯއަކީ ތަފާތު ދައްކާ ކުޅުންތެރިޔެކެވެ. އޭނާއަށް ވުރެ ހަގު ކުޅުންތެރިންނަށް ވުރެ ވެސް އޭނާގެ ކުޅުން ރަނގަޅުކަމަށް ފާހަގަކުރެވެއެވެ.