ENGLISH
25 މޭ 2026
ޤައިދީންނަށް ހާއްސަކޮށް އަަލަށް ހުޅުވި ޔުނިޓަށް 16 ޤައިދީން ބަދަލުކޮށްފި
25 މޭ 2026
|
ކޮވިޑް ފެސިލިޓީގައި އަލަށް ހުޅުވި ޔުނިޓް-- ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް
އެންމެ މަޤްބޫލު
ޤައިދީންނަށް ހާއްސަކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ޔުނިޓަށް 16 ޤައިދީން ބަދަލުކޮށްފި އެވެ.
ހުޅުމާލެ ޕްލޮޓް ނަންބަރ 10623 ގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރަނީ 140 މީހުންގެ ޖާގައިގެ ތަނެކެވެ. މި ތަނަކީ ދެ ފަންގިފިލާއަށް ތަރައްގީ ކުރާ އިމާރާތެކެވެ. މި ޖަލު ޔުނިޓްގެ ފަސް ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން އެ ޔުނިޓަށް ބަދަލުކޮށްފައިވަނީ އިއްޔެ އެވެ.
މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.
އަދި މި މަސައްކަތުގެ ގްރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ކަރެކްޝަނުން މައުލޫމާތޫދީފައިވެ އެވެ.
މިހާރު ކަރެކްޝަންސް އިން މި ޚިދުމަތް ދެމުން އަންނަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކުގަ އެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގައިދީން ބައިތިއްބުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީއަށް ޖުމްލަ 400 ޖާގަ އިތުރުކޮށްފައިވެ އެވެ.