ENGLISH

25 މޭ 2026

Advertisement

މިހާރު މަސް ގަންނަނީ 16 ރުފިޔާއަކަށް ނޫން، އެއަށްވުރެ ބޮޑު އަގުގައި: ޝިޔާމް

25 މޭ 2026

|

އައިމިނަތު ޝަފާ

ސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާ

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު މަސްކިލޯއެއް ގަންނާނީ 16 ރުފިޔާއަށް ވުރެ ބޮޑުކޮށް ކަމަށް  މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި މަސްވެރި ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ވެރިކަމަށް ދެ އަހަރާ ބައިވީއިރު ފެނިގެންދަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކަމަށެވެ. 

"މިފްކޯއިން މިހާރުވެސް މަސް ގަންނާނީ 17 ރުފިޔާއަށް. މިހާރު 16 ރުފިޔާއެއީ އެންމެ ދަށް އަގުގެ ގޮތުގައި އޮންނާނީ ބައެއް ދުވަސްދުވަހު 18 ރުފިޔާއަށް އަނެއްބައި ދުވަސްދުވަހު 19 ރުފިޔާއަށް މަސް ގަންނާނީ. އަޅުގަނޑު ހަނދާނެއް ނެތް 16 ރުފިޔާއަށް މަސްގަތް ހަނދާނެއް،". ވަޒީރު ވިދާޅުވި އެވެ. 

މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް އެތެރެއިންނާއި ބޭރުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށާއި، މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖެއަށް ބޭރު ފައިސާ ވައްދާ ސިނާއަތަކަށް މަސްވެރިކަމުގެ ސިނާއަތް ވެގެންދިއުންކަމަށް ވިދާޅުވި އެވެ. 

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެވެސް ފަސް ބަނދަރަކުން މަސްގަނެފައި ވެއެވެ. މިފްކޯއަށް މަސް ގަތް ބަނދަރުތަކަކީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ، ކޫއްޑޫފިޝަރީޒް ކޮމްޕްލެކްސް.، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ތިނަދޫ ބަނދަރުގެ އިތުރުން  ފުވައްމުލައް ބަނދަރެވެ. 

މިފްކޯއިން މިހާރު ކަޅުބިލަމަސް ގަންނަނީ 17 ރުފިޔާއަށެވެ. 10 ކިލޯއާއި 15 ކިލޯގެ ބޮޑު ކަންނެލި 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ. 

ހިސާބުތައް ދައްކާގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް މަސްކިރުވި 44 ދޯންނަކަށް 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު