ENGLISH
06 ޖުލައި 2025
އިހްސާން ކޮރަަޕްޝަން ހިންގާ ކަމަށް ޝައްމާން އެންގި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް: ރައީސް
03 މޭ 2025
|
ހޯމް މިނިސްޓަރު އަލީ އިހްސާން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ދެންނެވި ކަމަށް ބުނެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހްސާން ކޮރަޕްޝަން ހިންގަވާ ކަމަށް ބުނެ އެ ވާހަކަ ރައީސްއާ ޝައްމާނު ހިއްސާކުރި ކަމަށް ބުނާ ވާހަކަ އަކީ ތެދެއްތޯ އާއި އެ ވާހަކަ ހިއްސާކުުރުމުން ޖަވާބުގައި "ލޯޔަލް" ވުމަކީ އެއީ ކަމަށް ރައީސް ޝައްމާނަށް މެސެޖު ކުރައްވާ ދެންނެވި ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ ސުވާލުކޮށްފަ އެވެ.
"ތި ދެ ވާހަކަވެސް ދޮގު. އަޅުގަނޑު ގާތު ވިދާޅެއްވެސް ނުވޭ އަދި އަޅުގަނޑު އެކަހަލަ ވާހަކައެއްް ނުވެސް ދަންނަވަން ޝައްމާނަކަށް،" ރައީސް އެ ސުވާލަށް ދިން ޖަވާބުގައި ވިދާޅުވި އެވެ.
މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގެ ބޭރުން އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ޝައްމާން ކުރަމުންދިޔަ ކަންތައް ހެކިތަކާއެކު ފެނުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދަނީ ގާނޫނާ ގަވައިދާ އެއްގޮތައް ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަކި މީހަކު ކުރި ކަމެއް ފަޅާއަރުވާލަފާނެ ކަމަށް ކޮށްގެން އުޅޭ ކަމެއް ނޫން ކަމަށެވެ.
"އެއީކީ މިނިސްޓަރު އިހްސާންކުރި ކަމެއް ނޫނިއްޔާ އެހެން ބޭފުޅަކު ކުރިކަމެއް ފަޅާއަރުވާލަފާނެތީ އެއް އެ ބޭފުޅުން އެ ވިދާޅުވާ ގޮތައް އަޅުގަނޑުމެން ކުރި ކަމެއް އެއަކު ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ މުވައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން ކަމަށާއި އެތަން ތަނަށް އެމަނިކުފާނު އައްޔަން ކުރައްވާ އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ޝައްމާނުގެ މައްސަލައިގައިވެސް ފެނިގެން އެދިޔައީ އެ މަންޒަރު ކަަމަށެވެ.
"އަޅުގަނޑުމެނަށް ތުހްމަތު ކުރެވޭ ނޫނިއްޔާ ހެކިތަކާއެކު ފެންނަން ހުރި ކަންތައްތަކެއް ހުރީމަ (ޝައްމާން) މަގާމުން ވަކިކުރަން ޖެހުނީ. ދެން ޑިއު ޕްރޮސެސްގެ ތެރެއިން ދިޔައީމަތާ އެ މައްސަލަ ނިމޭނީ. އެހެން ބޭފުޅު ނަމަވެސް އެގޮތައް ކަންކުރެއްވި ނަމަވެސް އެ ފިޔަވަޅު އެ ގޮތައް އަޅާނެ" ރައީސް ވިދާޅުވި އެވެ.