ENGLISH
06 ޖުލައި 2025
48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން 400 މިލިއަން މަސްވެރިންނަށް ދޫކޮށްފި، މި ސަރުކާރުން 1.9 ބިލިއަން ދީފި
03 މޭ 2025
|
މި ސަރުކާރު އައިފަހުން މަސްވެރިންނަށް ޖުމްލަ 1.9 ބިލިއަން ރުފިޔާ އަދި 48 ގަޑިއަރު ތެރޭ ފައިސާ ދޫކުރަން ފެށި ފަހުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމުގައިވާ، މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބުން، ޑިލޭތަކާއެކުގައި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން 488،618،968 ރުފިޔާ ދީފައިވާ ކަމަށާއި އޭގެ އިތުރުން ޖުމްލަ 1،597،316،773 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ފައިސާ ދޫކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް އާރޯކަން ލިބެމުން އަންނަ ކަމަށެވެ.
"މި އަދަދުގެ ފައިސާ، މިގޮތަށް އަދި އަމުދުން މިދިޔަ ޑިސެމްބަރު މަހު 10 އަކުން ފެށިގެން މެދުނުކެނޑި ފައިސާ ދެވެމުން ދާތީ އެ ޔަޤީންކަން މަސްވެރިންނަށް ލިބެން ފެށީމަ އިރާދަކުރެއްވީތީ އާރޯކަން އެބަ އާދޭ މަސްވެރިކަމުގެ އިންޑަސްޓްރީއަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރާ ހަމައަށް އައި އިރު މަސްވެރިންނަށް ނުދީ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ.
މީގެ އިތުރުންވެސް މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންނަށް ބޭންކުން ލޯނު ނެގުންފަދަ މުޢާމަލާތްތައް ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން ފާހަގަކުރެވެއެވެ.