ENGLISH

06 ޖުލައި 2025

Advertisement

ދިހަ ބޭހެއް ފިޔަވައި އެހެން ހުރިހާ އަސާސީ ބޭހެއް ލިބޭނެ: ރައީސް

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެކުލަވައިލާފައިވާ އަސާސީ ބޭސްތަކުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ދިހަ ބޭހެއް ފިޔަވައި ހުރިހާ ބޭހެއް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގައި ހުންނާނެ ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެޕްރޫވުކޮށްފައިވާ ޖެނެރިކް ބޭސް ލިސްޓުގައި ހިމެނެނީ 1،207 ބޭސް ކަމަށެވެ. އެއިން 784 ބޭސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އޭގެ އިތުރަށް މިވަގުތު ލިބެން ނެތް 308 ޑްރަގެއް ގެނައުމަށް މިހާރު އޯޑަރު ދީފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

އަދި އަމިއްލަ ކުންފުނިތަކުން އެތެރެކޮށް ވިއްކަމުންދާ 77 ބޭހެއްގެ އަގު މުރާޖައާކޮށް އައު އަގުތަކަށް މިރެއިން ފެށިގެން އަމަލުކުރާނެކަން އެމަނިކުފާު އިއުލާނުކުރެއްވިއެވެ. އަދި އަގުތައް އެގޮތަށް މުރާޖައާކުރުމުގެ މަގުސަދަކީ ބޭސް ގެނައުމަށް ހިތްވަރުދިނުމާއި، ބޭހުގެ ސްޓޮކް ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. 

އަދި ރައީސް ވިދާޅުވީ އަގު މުރާޖައާކުރުމުން ބޭސް ގެނައުން ނުހުއްޓި ބޭނުންވާ ބޭސްތައް ރާއްޖެއަށް ގެންނަމުންދާނެ ކަމުގައި އުންމީދުކުރައްވާ ކަމަށެވެ. 

އަދި ބޭސް ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން 115 ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވަައި ރައީސް ވިދާޅުވީ ސަޕްލަޔަރުން ހޯދައި ބޭސް އެތެރެކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުކުރެވުމުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު