ENGLISH

06 ޖުލައި 2025

Advertisement

ހަ މަސް ތެރޭގައި ފުވައްމުލަކާ އައްޑޫގައި ކުރިއަށް އޮތް 10 އަހަރަށް ވާވަރަށް ކަރަންޓް ކެޕޭސިޓީ ގާއިމްކޮށްދޭނަން: ރައީސް

03 މޭ 2025

|

ޝާމަ ޝުޢައިބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ހަ މަސް ދުވަހުގެތެރޭގައި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ކުރިއަށް އޮތް 10 އަހަރަށް ވާވަރަށް ކަރަންޓު ކެޕޭސިޓީ ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގާތްގަނޑަކަށް ހުރިހާ އިންޖީނު ގެއެއް ހުރީ ބްރޭކްޑައުން ވެފައިކަމަށެވެ.

ޚާއްސަކޮށް އައްޑުއާ ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީން، ބަޖެޓުގެ ތެރެއިން ފައިނޭންސް ސެޓް އަސައިޑް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ އައްޑޫ ސިޓީގަ އަދި ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ ގާއިމްކުރުމަށްޓަކައި މިހާރުވަނީ ނިންމާފަ. މި މަޝްރޫއު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގަ އައްޑުއާ ފުވައްމުލަކުގައި 10 އަހަރު ދުވަހަށް ވާވަރުގެ ކެޕޭސިޓީ ގާއިމްކޮށްދޭނަން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއް

ރައީސް ވިދާޅުވީ މީގެ ކުރިން އެއްވެސް ވަރަކަށް އިންޖީނުގޭގެ މަރާމާތެއް ކޮށްފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވަރަށް ގިނަ ރަށްރަށް ހުރީ ހާލުގައި ކަމަށާ މިހާތަނަށް އައި އިރުވެސް އުޅެންޖެހިފައިވަނީ ޖަނަރެޓަރުތައް މަރާމާތުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މަރާމާތު ކިޔާއެއްޗެއް ނުވެސް ގަބޫލުކުރާހެން ހީވަނީ ކުރީގަ އުޅުނު ފަރާތްތަކުން. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ ހަމަ މަރާމާތު ކޮށްގެން އުޅެން. ވަރަށް ހާލުގަ ގިނަ ރަށްތައް ހުރީ. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއް

މިހާތަނަށް އައިއިރު 77 ޖަނަރޭޓަރު އައު ޖެންސެޓަށް ބަދަލުކޮށްފައިވާ ކަން ހާމަކޮށް ރައީސް ވިދާޅުވީ 313 ޖެންސެޓް މަރާމާތުކޮށް ނުވަތަ އޯވަހޯލް ކޮށްްފައިވާ ކަމަށެވެ. އަދި 15 ރަށުގެ ގްރިޑް އަޕްގްރޭޑްކޮށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނަސްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު