ENGLISH

06 ޖުލައި 2025

Advertisement

މަގުސަދަކީ ފުލެޓު ދޫކުރި ތަނަކުން ފުލެޓު ދިނުން: ރައީސް

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއްވެސް މީހަކަށް އެއްވެސް ސަރުކާރަކުން ފުލެޓެއް ދޫކޮށްފައި އޮތްނަމަ އެ ދޫކުރި ތަނަކުން އެމީހަކަށް ފުލެޓު ދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބަައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ދަށުން އަޅައި ނިންމި 4،000 ފުލެޓު ހަވާލުކުރުމަށްޓަކައި އެ ފުލެޓު ލިސްޓަށް ހުށަހެޅި ޝަކުވާތަކާ ގުޅޭ ގޮތުން ނިންމުންތަކެއް ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގުސަދަކީ ކޮންމެ ސަރުކާރަކުން ވިޔަސް ފުލެޓެއް އެއްވެސް މީހަކަށް ދީފިނަމަ އެދިން ތަނަކުން އެމީހާއަށް ފުލެޓު ފޯރުކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާއަކުން ފުލެޓު ދިނުމުގައި މައްސަލައެއް ހިމެނޭކަން ފާހަގަކޮށްފިނަމަ ނުވަތަ އެއްވެސް ފަރާތަކުން އޮޅުވާލައިގެން ފުލެޓު ހޯދާފައި އޮތްނަމަ އޮންނަ އުސޫލުގެ ތެރެއިން އަބަދުވެސް ފުލެޓު ދިނުމަށް އެފަދަ ފަރާތަކާއެކު ހަދާފައި އޮންނަ އެއްބަސްވުމެއް ބާތިލުކުރާކަމަަށް ރައީސް ވިދާޅުވިއެވެ. 

"އެހެން ބާތިލުވާ މީހެއް ފިޔަވައި އެންމެންނަށް ފުލެޓު އަދީ ގޯއްޗެއް ވިޔަސް ލިބިގެންދިއުން އަޅުގަނޑުގެ ސިޔާސަތަކީ.،" އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި ކުރީ ސަރުކާރުން އެޅި 4،000 ފުލެޓު ހައްގުވާ ފަރާތްތަކުގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭ ގޮތުން ގޮތެއް ނިމިގެންދާއިރު، ކުރީ ސަރުކާރުން ނެރުނު ލިސްޓަށް މާ ބޮޑު ބަދަލުތަކެއް ނައިސް ފުލެޓުތަކުގެ ހައްގުވެރިންނަށް ލިބިގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"އުންމީދުކުރަނީ ވީހާވެސް ގިނަ ބަޔަކަށް އެ ލިސްޓުން (ފުލެޓު) ލިބިގެންދާނެކަމަށް. އެހެންވީމާ މި 4،000 ފުލެޓު އުންމީދުކުރަން ވަރަށް އަވަހަށް ހައްގުވެރިންނަށް ދޫކުރެވިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުލެޓު ލިބޭނެ ހައްގުވެރިންކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ފުލެޓުތައް އަތުލި ފަރާތްތަކަށް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލެޓު ދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

4،000 ފުލެޓުގެ ހައްގުވެރިންގެ ވަގުތީ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އޭސީސީން މައްސަލަތަކެއް ބެލުމަށްފަހު، ގިނަ ބަޔެއްގެ ފޯމުގައި މައްސަލަ ހުރިކަން ފާހަގަކޮށްފައިވަނިކޮށް މި ސަރުކާރުން އަލުން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެ ލިސްޓުގެ ތިން ބައިކުޅަ ދެބައި މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށެވެ. 

އެއާއެކު ޝަރުތު ހަމަނުވާކަމަަށް ކަނޑައެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ގިނަ އަދަދެއްގެ ޝަކުވާތައް ހުށަހަޅާފައިވެއެވެ. އެ ޝަކުވާތައް ދިރާސާކޮށް ގޮތެއް ނިންމުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު