ENGLISH

06 ޖުލައި 2025

Advertisement

ބިން ހިއްކުމުގެ ބަދަލުގައި ބިން ދިން ހުރިހާ އެއްބަސްވުމެއް ބާތިލުކޮށްފި

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ހިލޭ ބިން ލިބޭ ގޮތަށް ކުރީ ސަރުކާރުން ހަދާފައި ހުރި ހުރިހާ އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު މަޝްރޫއުކަމަށްވާ ރަސްމާލެ މަޝްރޫއު ހިންގަން ފެށުމަށް އެއިރު ސަރުކާރުން ބެލިއިރު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ނެތުމުން އެ މަޝްރޫއު ހިންގޭނެ މަގެއް ފަހިވެގެން ނުދިޔަ ކަމަށެވެ. 

އަދި އެއިރު އެ މަޝްރޫއު ކުރިއަށްގެންދެވެން އޮތް މޮޑެލްގެ ދަށުން މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްބަސްވުމެއް ހެދި ކަމަށާއި، ނަމަަވެސް ބިންތަކެއް ހިމެނޭ ގޮތަށް ހެދި އެ އެއްބަސްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ މޮޑެލްއެއްކަމަށްނުވާތީ އެ އެއްބަސްވުން ފަހުން ބާތިލުކުރެއްވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"އެއްވެސް ފަރާތަކަށް ފައިސާ ހަރަދުކުރީމާ ބޭރުގެ ފަރާތަކަށް ބިން ނުލިބޭ ގޮތަށް މިހާރު އަޅުގަނޑުމެން ކުރިއަށްގެންދާނީ. އެހެންވެ ހަގީގަތުގައި މި މަޝްރޫއު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުވެސް ލަސްވެގެން އެދަނީ. ގިރާވަރުފަޅު މަޝްރޫއުވެސް މިއޮތީ ކުރިން ދެންނެވި ގޮތަށް އެއާ ގުޅުވައިގެން ބިން ދޭ ގޮތަށް. ހުޅުމާލޭ ތިންވަނަ ފިޔަވަހިވެސްް އޮތީ އެގޮތަށް، އެއާ ގުޅުވައިގެން ތިލަފުށިން ކަންނޭނގޭ 10 ހެކްޓަރެއް ދީ،" ރައީސް ވިދާޅުވިއެވެ. 

"މިހާރު ނޯންނާނެ ބިން ހިއްކި ފަރާތަކަށް އޭގެ ބަދަލުގައި ކުރީ ސަރުކާރުތަކުން ދިން ބިމެއް. އެ ހުރިހާ ބިންތަކެއް ސަރުކާރަށް ނަގައިފިން.،" 

ރައީސް ވިދާޅުވީ އެ ބިންތައް އަތުލުމަށް ގިނަ މުއްދަތެއް ހޭދަވި ކަމަށާއި، މިހާރު ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެގޮތަށް ބަދަލުގައި ބިން ދޭ ގޮތަށް ބިން ހިއްކަން ހަވާލުކޮށްފައި ހުރި ސަރަހައްދުތައް ހިއްކައިދޭނެ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކަމަށެވެ. 

ކުރީ ސަރުކާރުގައި ގިރާވަރުފަޅު އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުތައް ހަވާލުކުރިއިރު އެ ހިއްކާ ސަރަހައްދުތަކުގެ އިތުރަށް ކުރިން ހިއްކާފަައި ހުރި ބައެއް ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބިން އެ މަޝްރޫއު ހިންގި ކުންފުނިތަކަށް ލިބޭ ގޮތަށް އެއްބަސްވުންތައް ގާއިމުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު