ENGLISH
06 ޖުލައި 2025
ކުޅިވަރު ވުޒާރާއިން ގަސް އިންދުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފި
03 މޭ 2025
|
ކުޅިވަރު ވުޒާރާ އިން ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފުވައްމުލައް ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުޅިވަރު ވުޒާރާ އާއި ދިރާގު އަދި ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންގެ އިތުރުން ދިރާގުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ ބޭއްވި މި ހަރަކާތުގައި ވަނީ މުޅިއެކު 100 އެއްހާ ގަސް އިންދާފައެވެ.
ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދަވާނެކަމަށް، ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28" ގައި ވިދާޅުވެފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސަބަބުން، ރާއްޖެ އަށް ކުރިމަތިވާ ތިމާވެއްޓާ ގުޅުންހުރި ނުރައްކާތައް ނައްތާލުމަށް މަސައްކަތްކުރުމަށާއި، އާންމުން ދިރިއުޅޭ މާހައުލާއި އާންމުންގެ ސިއްހަތު ރައްކާތެރިކުރުމަށާއި، ރާއްޖޭގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.