ENGLISH

06 ޖުލައި 2025

Advertisement

ދެ ޒުވާނުން ހައްޔަރުކުރި ތުހުމަތުތައް ފުލުހުން ސާފުކޮށްދީފި

02 މޭ 2025

|

އަޙުމަދު ޙަމީދު

މިރޭގެ އިހްތިޖާޖު ކުރިއަށްދާއިރު ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ

ޒުވާނުންގެ ބަޔަކު މާލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ރޫޅާލާ ދެ ޒުވާނަކު ހައްޔަރު ކުރި ސަބަބުތަކާއި އެ މީހުންނަށް ކުރެވޭ ތުހުމަތުތައް ފުލުުހުން ސާފުކޮށް ދީފި އެވެ.

ފުލުހުން ބުނީ މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ނ.ކުޑަފަރި / ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ބުންޏެވެ.

އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު