ENGLISH

06 ޖުލައި 2025

Advertisement

މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަޙަތަށް ރިޢާޔަތްކޮށް، ތަކުރާރުކޮށް ނަސޭޙަތްތެރިވެ ޤާނޫނީ އިންޒާރު ދިނުމަށް ފަހު

02 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް

ޒުވާނުންގެ ބަޔަކު މާލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭގެ މުޒާހަރާ ރޫޅާލި ސަބަބު ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނީ އެ އިޙްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ދިޔައީ ލިބެމުން ކަމަށެވެ.

އަދި މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ ޢާންމު މަޞްލަޙަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މާދަމާއަކީ ޖީސީއީ އޯލެވަލް އިމްތިޙާނަށް ގިނަ ދަރިވަރުން ޙާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަޞޭޙަތްތެރިވެ ޤާނޫނީ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހު މިރޭގެ އިހްތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

މުޒާހަރާގެ ބައެއް ބައިވެރީންގެ އަމަލުތަކާއި ބައެއް މީހުންގެ ބަހުރުވަ ހުންނަ ގޮތުން ވެސް ގިނަ އާންމުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު