ENGLISH

06 ޖުލައި 2025

Advertisement

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމްތައް ހަރަކާތްތެރިވަނީ

01 މޭ 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ ޓީމެއް މަގުމަތީ ހަރަކާތްތެެރި ވަނީ -- ފޮޓޯ: ޕޮލިސް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމްތަކުން މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ ޚިދުމަތުން ވަނީ މަގުތަކުގައި ފުލުހުންގެ ޓީމުތައް ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓްގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމްތަކުން މާލޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

‏އަދި ބުނީ މި މަގުން ކުރެވޭ މަސައްކަތުން ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުން އެއީ ފުލުހުންގެ މަސައްކަތުގެ އަމާޒު ކަމަށެވެ.

ފުލުހުންގެ ޚިދުމަތަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ އެކުވެރި ޚިދުމަތަށް ވުމަށް މުހިންމު ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ޚާއްސަ ކޮށް މަގުތައް ބެލެހެއްޓުން އިތުރުކޮށް ރައްޔިތުންނާއި ގެދޮރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތައް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު