ENGLISH
06 ޖުލައި 2025
އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް، އިސްވެ ހޮސްޕިޓަލުން މައުލޫމާތު ހާމަކޮށްފި
01 މޭ 2025
|
އައިޖީއެމްއެޗް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް, އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނި އެކަމާއި ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލުން ވަނީ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާ އެއް ފެނިފައިވާކަން ހާމަކޮށްފަ އެވެ. ހޮސްޕިޓަލުން ބުނީ އެންއައިސީޔޫ ގައި ތިބި ކުދީންތަކެއްގެ ގައިން އެ ބެކްޓީރިއާ ފެނުމާއި ގުޅިގެން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އަދި އެ ކުދީންނާއި ސިއްހީ އެހީތެރީންގެ ހާލަތު ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލުން ބުނީ އެއްވެސް ކުއްޖަކަށް އަދި ސިއްހީ އެހީތެރި އަކަށް ވެސް ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުގެ އިދާރާތަކުން ދަނީ މައުލޫމާތު ހާމަކުުރުމުގެ ސިޔާސަތު ވަރަށް ބޮޑަށް ތަންފީޒު ކުރަމުންނެވެ. އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބާރު އަޅުއްވަ އެވެ.