ENGLISH

06 ޖުލައި 2025

Advertisement

މުޖުތަމަޢު ކުރިއަރުވާ، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ މަސައްކަތްތެރީން: ޑރ. ހައިދަރު

01 މޭ 2025

|

އިސްމާއީލް ރާތިއު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު-- ފޮޓޯ: އެޑިޝަން.އެމްވީ

މުޖުތަމަޢު ކުރިއަރުވާ، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ މަސައްކަތްތެރީން ކަމަށް، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިޠާބުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހާ މަސައްކަތްތެރިންގެ އަގުހުރި މަސައްކަތްތައް ފާހަގަކުރަނީ ނުހަނު ހިތްހަމަޖެހި ހުރެ ކަމަށެވެ. އަދި މިއަދަކީ މަސައްކަތްތެރިންގެ ޤަދަރު މަތިކޮށް އަބުރުވެރި މަސައްކަތުގެ މާޙައުލެއް ޤާއިމްކުރުމަށް ރަނުގެ ފުރުޞަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރާއިރު، ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތެރިންގެ އަގުހުރި މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރަނީ ނުހަނު ހިތްހަމަޖެހި ހުރެ. މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިއަދަކީ މަސައްކަތްތެރިންގެ ޤަދަރު މަތިކޮށް، އަބުރުވެރި މަސައްކަތުގެ މާޙައުލެއް ޤާއިމްކުރަން ލިބޭ ރަނުގެ ފުރުޞަތެއް." ވަޒީރު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރުކަމަށްވާ "ރިވޮލިއުޝަނަލައިޒިންގ ސްކިލްސް އެންޑް ޓްރެއިނިންގ: ބިލްޑިންގ އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮރ އިންކްލޫސިވް އިކޮނޮމިކް ގްރޯތް" އަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި ޝިޢާރުން ހާމަކޮށްދެނީ ކޮންމެ ދިވެއްސަކަށްވެސް މަސައްކަތުގެ މައިދާނުގައި ކުރިއަރާދިއުމަށް ބޭނުންވާ ހުނަރާއި ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުން މުހިންމު ކަމަށެވެ.

"އެންމެނަށް ވަޒީފާ" ސިޔާސަތުގެ ދަށުން ފުޅާ ދާއިރާއެއްގައި ހުނަރުވެރި މަސައްކަތްތެރިންތަކެއް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ 2000 އަށްވުރެ ގިނަ ދިވެހިންނަށް ހުނަރު ދަސްކޮށްދިނުމާއި 300 ޒުވާނުންނަށް ޚާއްޞަ ތަމްރީނު ދިނުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންގެންދާ ކަމަށެވެ. އަދި ވަޒީފާއާއ ގުޅޭ އެކިއެކި ޚިދުމަތްތައް ނޭޝަނަލް ކެރިއަރ ސަރވިސް މެދުވެރިކޮށް ދެމުން ގެންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީފާއާގުޅޭ ޚިލާފުތައް ވީހާވެސް އަވަހަކަށް ޙައްލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓެއް ޤާއިމްކުރުމުގެ އިތުރަށް ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ އިންސާފަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަންގެ މެންބަރަކަށް ދިވެހިރާއްޖެ ވެފައިވެސް ވާކަމަށެވެ. އަދި ލޭބަރ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު