ENGLISH
06 ޖުލައި 2025
އެމްޑީޕީން ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކުރި ދުވަސް މަތިން ހަނދާންނެތުނީތޯ؟: އެމްޕީ އިބްރާހީމް
01 މޭ 2025
|
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރުދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު - ފޮޓޯ: މަޖިލިސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކިއެކި ކުންފުނިތަކުން ގާނޫނާ ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކުރި ދުވަސްތައް މަތިން އެ ޕާޓީން ހަނދާން ނެތުނީތޯ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރުދާއިރާ މެންބަރު އިބްރާހީމް މުހައްމަދު ސުވާލު އުފައްދަވައިފިއެވެ.
އައްޑޫ ހިތަދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ހަރަކާތުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިމެނިވަޑަގަންނަވާހެން އިދިކޮޅު އެމްޑީޕީގެ އިސްބޭފުޅުން ވަނީ މީސްމީޑިއާގައި އެކަން ކުށްވެރިކޮށްފައެވެ. އެގޮތުން، އަންގާރަ ދުވަހު ވެމްކޯއިން ދެ މުވައްޒަފުން ވަކިކުރިކުރުމާ ގުޅިގެން އެމްޑީޕީގެ ބޭފުޅުން ވިދާޅުވީ، އެމުވައްޒަފުން ވަޒީފާއިން ވަކިކުރީ އެމްޑީޕީން އައްޑޫ ސިޓީއަށް ކުރި ދަތުރާއި ގުޅޭގޮތުން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ، ހިތަދޫ ވެމްކޯ ބްރާންޗްގައި މަސައްކަތް ކުރާ އެ ބްރާންޗްގެ މެނޭޖަރު މޫސާ މުޙައްމަދު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު އަފްޒަލް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން އެ މީހުންނަށް ފޮނުވާފައިވާކަަަމަށެވެ. އަދި އެ ޕާޓީން ތުހުމަތު ކޮށްފައިވަނީ އެ ދެ މުވައްޒަފުން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަމަށެވެ.
އެކަމާ ގުޅިގެން މެމްބަރު އިބްރާހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން އެފަދަ ތުހުމަތުތައް ކުރަމުންދާއިރު އިދިކޮޅު އެމްޑީޕީން "ސެލެކްޓިވް އެންޓައިޓަލްމަންޓު" ގެ ބޭނުންކޮށް ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހު އެމްޓީސީސީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފު ނާޒިމް އަބްދުއްސައްތާރު މ. ބަނބުކެޔޮގަސްދަށުގެ، ވަޒީފާއިން ވަކިކުރީ ރައީސް ހުވާ ކުރާ ޖަލްސާއަށް ދިއުމުން ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް ނާޒިމަށް ފޮނުވި ޗިޓުގައި ދޮގު ތުހުމަތުތަކެއްކޮށް އޭނާ ވަކިކޮށްފައިވާކަން މެމްބަރު ހާމަކުރެއްވިއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބަލާފައިވާ އެ މައްސަލައިގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވާ މެންބަރު ވަނީ މައްސަލަ ނިމުނު ގޮތުގެ ތަފްސީލު ވެސް ހިއްސާކުރައްވާފައެވެ.
އެ މައްސަލައިގައި ޓްރައިބިއުނަލުން ބުނީ ނާޒިމް ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން މެންބަރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ނާއިންސާފުން މުވައްޒަފުންނާމެދު ކަންތައްތައް ކޮށްފައިވާ އެ ދުވަސްތައް މަތިން އެ ޕާޓީން ހަނދާން ނެތުނީތޯ ސުވާލު އުފައްދަވާފައެވެ.