ENGLISH

06 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

01 މޭ 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެނެޑާގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު ކަރނީ، އެޤައުމުގެ އާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ އާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރު ކަރނީ އާއި އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކެނެޑާ ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތަށް ކުރައްވާ އިތުބާރުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. ކަރނީގެ ޒަޢާމަތުގައި، އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމަށާ، އަދި މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކެނެޑާގެ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު