ENGLISH

06 ޖުލައި 2025

Advertisement

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

01 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެ ތަނުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ 1 ވަނަ އިންޓޭކް (މޭ 2025) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 30 އެޕްރީލް 2025 އިން ފެށިގެން 15 މޭ 2025 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.

މި ޕްރޮގްރާމުގައި ހުޅުވާލާފައިވަނީ 15 ޖާގައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ މުހިންމު މަޢުލޫމާތު:

  • 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ހުރިހާ ލިޔެކިޔުންތަކާއެކު 15 މޭ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ހުށަހެޅުން.
  • 2. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުވުން.
  • 3. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  • މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން.
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން.
  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން.

މި ޕްރޮގްރާމަކީ ޞިއްޙީ ދާއިރާގެ ޒުވާން ޕްރޮފެޝަނަލުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ރޭވިފައިވާ މުހިންމު ފުރުޞަތަކަށް ވާއިރު އެ ޕްރޮގްރާމްތަކުން އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު