ENGLISH
06 ޖުލައި 2025
އއ. ބޮޑުފޮޅުދޫގައި ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އަޅައިފި
01 މޭ 2025
|
އއ. ބޮޑުފޮޅުދޫ. އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ އައު އިންޖީނުގެގޭ ބިންގާ އިއްޔެ ވަނީ އަޅާފައި.
އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
މި މުހިންމު ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ.
މި އައު އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫޢަކީ ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އިންޖީނުގެ ނިމުމުން ރަށުގެ ކަރަންޓުގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢު ނިމުމުން ބޮޑުފޮޅުދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.