ENGLISH

06 ޖުލައި 2025

Advertisement

ގިނަ ބަޔަކު އެދޭތީ ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހަޅަން މުއްދަތު އިތުރުކޮށްފި

30 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވީ ‏ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއް ކަމަށެވެ.

އެހެން ކަމުން އެ ޕްރޮގްރާމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ދިނުމަށް ސަރުކާރުން ކުރީން ވެސް ނިންމި އެވެ. އެގޮތުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

"ހިޔާވަހި ފައިނޭންސިން" ސްކީމް ތައާރަފު ކުރީ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަ ކޮށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެ ސްކީމް ފައްޓަވައި ދެއްވާފަ އެވެ. މުޅި ރާއްޖެއަށް ހުޅުވާލި މި ސްކީމަށް އެދި ހުށަހެޅުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި 3 ކެޓަގަރީއަކުން ވަނީ ފައިނޭންސް ދޫކުރުމަށް ނިންމާފަ އެވެ. 

މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތަ އެވެ.

ކިޔުންތެރިންގެ ހިޔާލު