ENGLISH
06 ޖުލައި 2025
މިނިސްޓަރު ދެއްކެވީ ކަންކަން ފޮރުވުމެއް ނެތި ހާމަކޮށް، ހަރުދަނާ ކުރައްވަން ބޭނުންފުޅުވާކަން
30 އޭޕްރީލު 2025
|
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ހުޅުމާލޭގެ ސުކޫލެއްގައި މިއަދު ހިނގި ހާދިސާއެއްގެ މަޢުލޫމާތު އާންމު ކުރައްވާ ކަންކަން ފޮރުވުމުގެ ބަދަލުގައި މައުލޫމާތު ހާމަކޮށް މައްސަލަތައް ތަކުރާރު ނުވާނެ ފަދައިން ފިޔަވަޅުތައް އެޅުން މުހިންމުކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރައްވައިފި އެވެ.
މިނިސްޓަރު ޝަފީއު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ އިސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު އިސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން މިއަދު ނުކުމެގެން ދުވެފައި އިސްކޫލު ނެއިބަރހުޑުގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މިކަން އައިސް މިނިސްޓަރާއި ހަމައަށް އެކަން ރިޕޯޓުވީ 15:11 ގައި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީ އާއި އިސްކޫލުން ކުރި މަސައްކަތުން 15:31 ގައި ދަރިވަރު ހޯދިފައިވާ ކަމަށެވެ.
"ﷲގެ ރަހުމަތުން އެއްވެސް ގެއްލުމުއް ލިބިފައި ނެތް،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ވާހަކަ ދަންނަވާލީ ދެ ބޭނުމެއްގައި ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން ކަމަށެވެ.
އަދި މި ސްކޫލުގައި މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަން ޖެހޭ ގޮތަށް ނިންމާފައިވާ ގޭޓަކަށް ވީނަމަވެސް ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން ކަމަށެވެ.