ENGLISH

06 ޖުލައި 2025

Advertisement

ރިޔާސީ ކޮމިޝަނުގައި ޒުވާނުންގެ މަންދޫބެއް ހިމަނައިދިނުމަށް ޔުނިޓެޑް ޔޫތު އިން އެދިއްޖެ

30 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ޔުނައިޓެޑް ޔޫތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ:އެމްއެމްޓީވީ

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓިފަ އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގައި ޒުވާނުންގެ މަންދޫބެއް ހިމަނައިދިނުމަށް ދަ ޔުނިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން އެދިއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ދަ ޔުނިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން ބުނީ، އެ ޖަމްޢިއްޔާއަކީ ވަކި ސިޔާސީ ޕާޓީއަކަށް، ވަކި ގޭންގަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި އެ ޖަމާޢަތުގެ ހަމައެކަނި މަގުސަދަކީ ޔުމްނުގެ އިތުރުން، އިންސާފަށް ބޭނުންވެ، އިންސާފު ނުލިބިފައި ތިބި އެންމެންނަށް އިންސާފު ހޯދާދިނުން ކަމަށެވެ. އަދި ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް ކަންތައް ނުކުރާނެކަމުގެ ޔަގީންކަންދީ، ދަ ޔުނިޓަޑް ޔޫތު އޮފް ދަ ނޭޝަންއިން ބުނެފައި ވަނީ މާލޭގައި މަސައްކަތްކުރާ، މާލޭގައި އިންސާފު ނުލިބަފައިވާ ހުރިހާ ޒުވާޏުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި އެ ޖަމްޢިއްޔާއިން ވަނީ ޔުމްނުގެ މައްސަލަ ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގައި ވާހަކަ ނުދެއްކުނަސް، ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮބްޒާވް ކުރުމަށް އެ ޖަމްޢިއްޔާގެ މަންދޫބަކަށް ހުއްދަ ދިނުމަށް އެދިފައެވެ. ސަބަބަކަށް އެ ޖަމްޢިއްޔާއިން ބުނެފައިވަނީ ކުރިން ވެސް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާތީ، މިފަހަރުގެ މަސައްކަތްތައް އިންސާފުވެރިކަމާއެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ލިބި، ދެފުށް ފެންނަ ތަހުގީގެއް ހިނގާކަން އެ ޖަމްޢިއްޔާއިން ކަށަވަރުކުރުމެވެ. އަދި ކޮމިޝަނެއް އުފެއްދުން ނުފުދޭ ކަމަށާއި އެ ކޮމިޝަނުގައި ކްރެޑިބަލް މީހުން ތިބެގެން ރަނގަޅަށް މަސައްކަތް ކުރެވެން ވެސް ޖެހޭ ކަމަށް ދަ ޔުނިޓަޑް ޔޫތު އޮފް ދަ ނޭޝަން އިން ބުނެފައިވެއެވެ.

ދަ ޔުނިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން ވަނީ ޒުވާނުންނަކީ ހަމައެކަނި ވޯޓުލާން ކައިރިވުމުން ފެންނަ، ވޯޓުގެ ތަޅުދަނޑިތަކަކަށް ނުހެދުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ޒުވާނުންނަށް މިއަދު ކުރިމަތިވެފަވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށްދީ، ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ލިބޭނެ ގޮތް ހޯދައިދިނުމަށް ވެސް އެ ޖަމާޢަތުން އެދިފައިވެއެވެ.

ޒުވާނުންގެ ފަރާތުން އިތުރަށް ބުނެފައި ވަނީ ޒަމާނުންސުރެ ފެއިލްވެފައިވާ މި ނިޒާމު ބަލައިނުގަންނަ ކަމަށާއި، އިރެއްގައި ޒުވާނުންގެ ލޮލުގައި އަނދުން އަޅުވާފައި ބޭތިއްބިއަސް ޒުވާނުން މިހާރު ތިބީ ގައުމުގައި ހިނގާ ކަންކަމަށް ފުރިހަމައަށް ލޯހުޅުވިފައި ކަމަށާއި، ޒުވާނުން ތިބީ ގައުމުގަ ގޯހުން ހިނގާ ކަންކަން އިސްލާހުކުރަން ތެދުވެ ކަމަށެވެ.

ޒުވާނުންގެ މުޒާހަރާގެ ސަބަބުން ވިޔަފާރިތަކަށާއި އާންމުންނަށް އުނދަގޫވާކަން ފާހަގަކޮށް، އެކަމަށް ދަ ޔުނިޓެޑް ޔޫތު އޮފް ދަ ނޭޝަން އިން މާފަށް އެދިފައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު