ENGLISH
06 ޖުލައި 2025
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރުނު މައްސަލާގައި ރާއްޖޭގެ ބަޔާން މާދަމާ ހުށައަޅަނީ
30 އޭޕްރީލު 2025
|
ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަޔާނެއް ދެއްވަނީ -- ފައިލް ފޮޓޯ
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި މައްސަލާގައި ރާއްޖޭގެ ފަރާތުން ދޭ ބަޔާން މާދަމާ ހުށައަޅަން ހަމަޖެހިއްޖެ އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ގުޅިގެން އިސްރާއީލްގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށްދާއިރު، މި މައްސަލާގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވާ ބަޔާން މާދަމާ ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މައްސަލައަކީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އދ ގެ ޖަމިއްޔާ ޔޫއެންޑީއާރުޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީވެ، އެޤައުމުން އުފުލަންޖެހޭ ޒިއްމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިޝްތިސާރީ ލަފައަކަށް އެދި ހުށަހެޅުމަށް އދ ގެ އާންމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހު ފާސްކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ލިޔުމުން ބަޔާނެއް ހުށަހަޅާފަ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް އެންމެ ހަރުއަޑުން ގޮވާލާ ގައުމަކީ ރާއްޖެ އެވެ. ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ އެކި ބައްދަލްވުންތަކުގައި އެ ގޮވާލުން ދަނީ ތަކުރާރު ކުރަމުންނެވެ.