ENGLISH
06 ޖުލައި 2025
މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި
30 އޭޕްރީލު 2025
|
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު, އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވައިފި އެވެ.
މިނިސްޓަރު ޝަހީމް ވަނީ އެކަން ސޯޝަލް މީޑިއާގައި އިއުލާނު ކުރައްވާފަ އެވެ. އަދި އެމްއެމްޓީވީއަށް ޔަގީންކޮށް ދެއްވި އެވެ.
ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީއަށްއަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މިއަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ޝަހީމްއަކީ އަދާލަތު ޕާޓީގެ އެއް މުއައްސިސެވެ. އެ ޕާޓީ އުފައްދާ ވަރުގަދަ ކުުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޝަހީމެވެ. މިނިސްޓަރު ޝަހީމް ހިމެނިވަޑައިގަންނަވާ ހެން ވަރަށް ގިނަ އިލްމުވެރީންގެ ބައިވެެރިވުމާއެކު އުފެދުނު އަދާލަތު ޕާޓީއަށް ހީނަރުކަން އައީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އެ ޕާޓީގެ ރައީސް ކަމަށް ވަޑައިގަތް ހިސާބުންނެވެ.
ވަރަށް ގިނަ ޢިލްމުވެރީންނާއި މެންބަރުން ވަނީ އެ ޕާޓީން ވަކިވެފަ އެވެ.