ENGLISH

06 ޖުލައި 2025

Advertisement

ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަންކުރަން ފާސްކޮށްފި

30 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސީއެސްސީގެ ނައިބުރައީސްކަމަށް އައްޔަނުކުރަން ރުހުން ލިބިވަޑައިގެންނެވި މުޖުތާޒް (ފޮޓޯ/ ރައީސް އޮފީސް)

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބުރައީސްގެ މަގާމަށް މުހައްމަދު މުޖުތާޒު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

ސީއެސްސީގެ ނައިބު ރައީސްގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހީމް ރަޝީދު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ ގުޅިގެން އެ މަގާމުން އޭނާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. 

އިބްރާހީމް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ. މުޖުތާޒް ސީއެސްސީގެ ނައިބު ރައީސް ކަމަށް އައްޔަނުކުރުމުގެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ވޯޓަށް އަހާފަ އެވެ. 

އެ ކޮމިޝަންގެ ނައިބަކަށް މުޖުތާޒް އައްޔަނުކުރުމަށް 64 މެމްބަރުން ވޯޓު ދެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މުޖުތާޒަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ.

ސީއެސްސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި، ފާތިމަތު ޝަރީފާއި، ފާތިމަތު ހަބީބާއެވެ.

ކިޔުންތެރިންގެ ހިޔާލު