ENGLISH

06 ޖުލައި 2025

Advertisement

ރާއްޖޭގެ ކަނޑުން ބައެއް ދުކޮށްލީ ރައީސް ސާލިޙުގެ ސަރުކާރުން: ޑރ.މުނައްވަރު

30 އޭޕްރީލު 2025

|

ޢަލީ ޝާހީން

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަނުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފިސް

ދިވެހިރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ކުރަށްވާ ވާހަކަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެންނެވިކަމަށެވެ. އަދި އެކަމަށް ވަކާލާތުކޮށް އެމަނިކުފާނު ފަހަތުން ކެމްޕެއިންގައިވެސް އުޅުއްވިކަމަށް މުނައްވަރު ވިދާޅުވިއެވެ. 

"އޭރުގައި އޮތް ސަރުކާރުން، އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން އަޅުގަނޑު ދެއްކިވާހަކަ އަޑުނާހާ ތިބޭފުޅުންގެ ތި ވިދާޅުވާ ޓީވީ ސްޓޭޝަނުން މަލާމާތް ނޫންއެއްޗެއް ނުކުރައްވާ" ޑރ، މުޙައްމަދު މުނައްވަރު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ، އެއްވެސް ސަރުކާރެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދަން އެމަނިކުފާނު ހަވާލުނުވާ ކަމަށާއި، ހަވާލުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެ ޤާނޫނު އެކުލަވާލަންކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން 200 މޭލު ކަނޑައަޅާފައިވާނެކަމަށާއި އެހެން ނަމަވެސް ޤާނޫނަށް ބަދަލު ނާންނަކަމަށް މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުނައްވަރު ވިދާޅުވީ މިސަރުކާރު އައިފަހުން ސަރަހައްދު ހޯދުމުގެ މަސައްކަތުގައި ނޫޅުއްވާކަމަށާއި މިސަރުކާރު އައިފަހުން ރައީސް ހެއްދެވި ކޮމެޓީގައިވެސް ނޫޅުއްވާކަމަށެވެ.

ރާއްޖޭގެ އިމުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު