ENGLISH
06 ޖުލައި 2025
މިއޮޓްގެ ރީހެބިލިޓޭޝަން ސެންޓަރުގެ ގޮތްޕެއް މާލޭގައި ހުޅުވައިފި
30 އޭޕްރީލު 2025
|
މިއޮޓް ރީހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މަޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމަޓޮލޮޖީ (މިއޮޓް) ގެ ގޮތްޕެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.
މިއޮޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިއޮޓް އިންޓަނޭޝަނަލުން އެތައް ހާސް ދިވެހިންނެއް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު އިންޑިއާއަށް ދަތުރުކުރަން ނުޖެހި މިއޮޓްގެ ހިދުމަތްތައް ދިވެހިންނަށް ލިބުން މުހިންމުކަން ވެސް މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިއޮޓްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރިހެބިލިޓޭޝަނަކީ އަނިޔާއަކުން ނުވަތަ ބައްޔަކުން ރިކަވަރ ކުރުމުގެ އިތުރުން އާންމު ދިރިއުޅުމަކަށް އެނބުރި އައުމަށްޓަކައި އެންމެ މުހިންމު ހިދުމަތްކަމަށެވެ. އެހެންކަމުން މި ގޮފި ހުޅުވުމުގެ ސަބަބުން މިއޮޓްގެ ޚިދުމަތް ހޯދުމަށް ކޮންމެ އަހަރަކު އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އެތަކެއް ލުއެއް ލިބި، މިއޮޓްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށްވެސް މިއޮޓްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި ސެންޓަރުން، ރިހެބިލިޓޭޝަންއާ ގުޅޭ ހުރިހާ ޚިދުމަތެއް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް މިއޮޓުން ބުނެއެވެ. އެގޮތުން ރީހެބް ސްޕެޝަލިސްޓުންގެ އިތުރުން ނިއޮރޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ފިޒީޝަނުންނާއި ސްޕީޗް ލެންގުއޭޖް ޕެތޮލޮޖިސްޓުންގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުގެ މާހިރުންގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް މިއޮޓުން ބުނެއެވެ.
އެގޮތުން، ނާރުގެ ބަލިތަކާއި ކެންސަރު ބައްޔާއި ކުޅިވަރު ކުޅުމުގެ ތެރެއިން ލިބޭ އަނިޔާތަކަށްވެސް މި ސެންޓަރުން ރިހެބިލިޓޭޝަން ލިބޭނެކަމަށް މިއޮޓުން ބުނެއެވެ. މީގެ އިތުރުން، ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަދާން ނެތުމާއި ކަންކަމަށް ސަމާލުކަން ނުދެވުމާއި ނިދިގެއްލުންފަދަ ކަންކަމަށްވެސް މި ސެންޓަރުން ފަރުވާލިބޭނެ ކަމަށްވެސް މިއޮޓުން ބުނެއެވެ.
އަދި ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ޗެންނާއީގަ ހުންނަ މައި މަރުކަޒުން ވަގުތުން ވަގުތަށް ފީޑްބެކް ލިބޭނެ ކަމަށްވެސް މިއޮޓުން ބުނެއެވެ. ތަޖުރިބާކާރުންގެ މި ޓީމުން ހިދުމަތް ދިނުމުގައި ބޭނުންކުރާނީ އެންމެ ޒަމާނީ ސިއްހީ ވަސީލަތްތަކާއި މެޝިނުތައް ކަމަށް މިއޮޓުން ބުނެއެވެ.