ENGLISH

06 ޖުލައި 2025

Advertisement

ޖެނެރޭޝަނަލް ބޭން ގެންނަ އިސްލާހު ބަލައިގަނެފި؛ ދިރާސާކުރަން ވަކި ކޮމިޓީއެއް

30 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލީސް)

ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށްޓަކައި ޤާނޫނަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގް ހުށަހަޅުއްވާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް 61 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންނަމަވެސް އިދިކޮޅުގެ އެއް މެމެްބަރަކު ބިލާ ދެކޮޅަށް ވޯޓުުދެއްވި އެވެ.

އެ ބިލު ދިރާސާކުރާނީ މަޖިލީހުން އެކުލަވާލާ ވަގުތީ ކޮމިޓީއަކުން ނެވެ. އެގޮތަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހެވެ. އެ ހުށަހެޅުއްވުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުުންގެ ތެރެއިން 63 މެމްބަރުންގެ ވޯޓާ އެކު އެވެ.

7 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީގައި ތިއްބަވާނީ:

  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް
  • ކާށިދޫ ދާއިރާގެ މެމްބަރު މުހައްމަދު މުންތަޒިމް އިބްރާހީމް
  • ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން
  • ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު 
  • ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް

މި ބިލުގައި ވާގޮތުން، ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.

ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން، 1 ޖެނުއަރީ 2007 ގައި އުފަންވެފައިވާ އެއްވެސް މީހަކަށް ވިއްކުމަކީ މަނާކަމެކެވެ. ހަމައެއާއެކު އުމުރުން 21 އަހަރު ނުވާ މީހުންނަށް މީގެކުރިން ވެސް އޮތް ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އަދި މިއިން އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް ބައިވެރިނުކުރެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.

ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަ ކޮންމެ މީހަކީ އެ އުމުރުފުރާގެ މީހެއް ނޫން ކަށަވަރުކުރުމަށްޓަކައި އެ މީހުންގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ އެ ނޫން ވެސް ރަސްމީ ލިޔުމެއް ދައްކަން އަންގަން ޖެހޭނެ ކަމަށް ވެސް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކުގެ ގޮތުގައި ވަނީ މި ބިލުގައި ހިމަނާފަ އެވެ.

އިލެކްޓްރޯނިކް ސިނގިރޭޓު ބޭނުންކުރުން ނުވަތަ ވޭޕްކުރުމަކީ ޤާނޫނީ ގޮތުން މަނާކަމަކަށްވާއިރު، މި ބިލުގައި ވަނީ އެކަމާ ގުޅިގެން އިތުރު މާއްދާތަކެއް ވެސް ހިމަނާފަ އެވެ. އެގޮތުން، އާއްމުތަނެއްގައި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލަތެއް މީހަކު ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް މި ބިލުގައި ބުނެފައިވެ އެވެ.

އެގޮތަށް އަތުލެވޭނީ:

- ގާނޫނާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހުއްޓުވައި އޮފިސަރަކީ ޤާނޫނު ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވާ ފަރާތެއްކަން ހާމަކުރުމާއެކު އެފަރާތުން ކުރި ކަމަށް ބެލެވޭ އަމަލަކީ ކޮބައިކަން ބަޔާންކުރުމަށްފަހު

- ޤާނޫނާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު އާލާތް އެއީ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއްތޯ ކަށަވަރުކުރުމަށްޓަކައި ފުލުސް އޮފިސަރާ ހަވާލުކުރަން އެންގުން

- އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ އެއްޗެއް އެ މީހެއްގެ ކިބައިން އަތުލެވޭނެ ކަމާއި އެކަމަށް އެއްބާރުލުން ނުދޭނަމަ އެކަން ކުރުމަށް އެކަށީގެންވާ ބާރުގެ ބޭނުންކުރެވިދާނެކަން އެމީހަކަށް ސާފުވާނެހެން ބަޔާންކުރަންޖެހޭ

- މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖީލު މިވަބާއިން ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީޚީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެންވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު