ENGLISH

06 ޖުލައި 2025

Advertisement

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

30 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައުދު ޖަލު ބަންދަށް ގެންދަނީ

އޭޕްރީލު މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގެ ގެއަކުން އެގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އެވަގުތު އެ އަންހެން މީހާއާއެކު އެގޭގައި އުޅުނު ޒުވާނާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

އަންހެންމީހާ ވެއްޓުމުގެ ކުރިން އޭނާއާއެކު އުޅުނު ގ.އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލު ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިތުރު 10 ދުވަސް ވަނީ މިއަދު ޖަހާފަ އެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރަށް ފުރާޅަށް ވެއްޓުނު އަންހެންކުއްޖާއާއި ރައުދުގެ އިތުރަށް އޭނާއާއެކު އެރޭ އުޅުނު ބައެއް މީހުން ހިމެނޭހެން ޖުމްލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުންޏެވެ. 

ފުލުހުންވަނީ މި މައްސަލާގަައި ހިމެނޭ އަށް މީހަކު ފުރުން މަނާކުރުމުގެ އަމުރުވެސް ހޯދާފައެވެ. ފުރުން މަނާކުރި މީހުންގެ ތެރޭގައި ރައުދުވެސް ހިމެނެއެވެ. ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާއާ އެރޭ އޭނާއާއެކު އުޅުނު މީހުން ހަރަކާތްތެރިވެފައިވާ ދެ ގެއެވެ. 

އެގޮތުން މއ.މާންދޫގޭ ޓެރެސްއާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސްކުރިއެވެ. އަދި ހ.ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާވެސް ފުލުހުން ބަލައި ފާސްކުރިއެވެ. 

މި މައްސަލަ ބަލަން މިހާރު ވަނީ ރިޔާސީ ކޮމިޝަނެެއް އުފައްދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު