ENGLISH
26 ނޮވެމްބަރު 2024
ޔޫއޭފާ ނޭޝަންސް ލީގު: ބެލްޖިއަމް ބަލިކޮށް އިޓަލީ ކުއާޓަރ ފައިނަލަށް
15 ނޮވެމްބަރު 2024
|
މެޗަށް ފަހު އިޓަލީ ކުޅުންތެރިން
އެންމެ މަޤްބޫލު
ޔޫއެފާ ނޭޝަންސް ބެލްޖިއަމް އާއި ދެކޮޅަށް އިޓަލީ ރޭ ކުޅުނު މެޗުން މޮޅުވެ، އިޓަލީން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.
މި ގްރޫޕުގައި ހަތަރު ޓީމު ހިމެނޭއިރު އިޓަލީން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިފައި އެވެ.
ރޭގެ މެޗުން މޮޅުވެ، އިޓަލީީ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ފްރާންސަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ބެލްޖިއަމް އަށް ފަސް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
އިޓަލީގެ ހަމައެކަނި ލަނޑުޖެހީ މެޗުގެ 11 ވަނަ މިނިޓުގައި ސެންދްރޯ ޓޮނާލީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ނަތީޖާ އެއްވަރު ކުރުމަށް ބެލްޖިއަމްއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ލިއަންދްރޯ ޓްރޮސާޑު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ އިޓަލީގެ ގޯލުގެ ދަނޑި އަށެވެ.
މި މުބާރާތުގެ ގްރޫޕްގެ ފަހު މެޗުގައި އިޓަލީ ދެން ނުކުންނާނީ އަމިއްލަ ގައުމުގައި ފްރާންސްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.