ENGLISH
31 އޮކްޓޯބަރު 2025
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްްޔަނުކުރަން ހުށަހަޅުއްވައިފި
30 އޭޕްރީލު 2025
|
 
            އަސްނާ ހަމްދީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ
މަގާމަށް އާއިޝަތު އަސްނާ ހަމްދީގެ ނަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު
މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. 
ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަސްނާ ހަމްދީގެ ނަން ހުށަހަޅުއްވައި ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާނުކޮށްފަ އެވެ.
އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
އަސްނާ އަކީ އެމްއެމްއޭގެ ފިނޭންޝަން ސެކްޓާ ޑިވެލޮޕްމެންޓް (އެސްއެސްޑީ)ގެ ވެރިޔާ އެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު ލަތީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
 
                       
                       
                      