ENGLISH

06 ޖުލައި 2025

Advertisement

މީހުން ބިނާކުރުމަށް ޒަކާތު ހައުސްއާ އައިއަައިއެމްޔޫއާ ދެމެދު އެއްބަސްވެއްޖެ

30 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މީހުން ބިނާކުރުމަށް ޒަކާތު ހައުސްއާ އައިއަައިއެމްޔޫއާ ދެމެދު އެއްބަސްވުން

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް މިއަދު އެ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ  މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރްއެވެ.

މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު