ENGLISH
07 ޖުލައި 2025
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަނީ
29 އޭޕްރީލު 2025
|
ހުޅުމާލޭގައި އޮތް އިވެންޓެއް --
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް އެޗްޑީސީން އިން ނިންމައިފި އެވެ.
އެޗްޑީީސީން ބުނީ "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް 10 މެއި ފެށޭނެ ކަމަށެވެ. އަދި މި ފެސްޓިވަލް ހަފްތާ އަކަށް ދިގުދެމިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ޚާއްސަ ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
21 ވަނަ އަހަރީ ދުވަހުގެ ބައެއް ހަރަކާތްތައް ވެސް އެޗްޑީސީން ވަނީ ހިއްސާކޮށްފަ އެވެ.
ހުޅުމާލޭގައި މީހުން އާބާދުވީ މީގެ 21 އަހަރު ކުރީން 12 މޭ, 2004 ވަނަ އަހަރު އެވެ. ހުޅުމާލެ ތަސައްވުރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަސައްވުރެކެވެ. މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލެ މަޝްރޫއު ފަށާ މީހުން އާބާދުވާން ފެށީވެސް އެމަނިކުފާނުގެ ވެރިކަމުގަ އެވެ.