ENGLISH
07 ޖުލައި 2025
ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މީހާ ހައްޔަރު ކޮށްފި
29 އޭޕްރީލު 2025
|
ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މީހާ
ކެފޭއެއްގެ ތެރެއަށް ވަދެ ބިއްލޫރި ރެކެއް ތަޅާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ބިއްލޫރި ރެކް ތަޅާލީ އުމުރުން 49 އަހަރުގެ މުޙައްމަދު ރަޒީން އެވެ. އޭނާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކެފޭގެ ތެރެއަށް ވަދެ ބިއްލޫރި ރެކް ތަޅާލި މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖު ވެސް ވަނީ އާންމުވެފަ އެވެ.
ރެކް ތަޅާލީ މީގެ ކުރީން މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރުކޮށް މީގެ ކުރީން ޖަލުގައި ވެސް ދުވަސްތައް ހޭދަކުރި މީހެެކެވެ.