ENGLISH

07 ޖުލައި 2025

Advertisement

ޖޭއެސްސީގެ މެންބަރުން މީގެ 15 އަހަރު ކުރިން ގަވާއިދާ ޚިލާފަށް ނެގި ފައިސާ އަދިވެސް އެއްކޮށް އަނބުރާ ނުދައްކާ: އޮޑިޓް ރިޕޯޓް

29 އޭޕްރީލު 2025

|

އަހުމަދު ސައީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮފީސް: ޖޭއެސްސީން 2023 ވަނަ އަހަރު ހަރަދު ކޮށްފައިވަނީ ރަނގަޅަށް-- ފޮޓޯ/ޕީއެސްއެމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން މީގެ 15 އަހަރު ކުރިން ގަވާއިދާ ޚިލާފަށް އެލަވަންސްގެ ގޮތުގައި ނެގި ފައިސާގެ ތެރެއިން ބޮޑު ބައެއް އަދިވެސް އަނބުރާ ދައްކާފައި ނުވާކަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން މި މަހު 22 ވަނަ ދުވަހު އެކުލަވާލި ޖޭއެސްއީގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް 2009 އަދި 2010 ވަނަ އަހަރު، ޖޭއެސްސީގެ މެންބަރުން ކޮންމެ ޖަލްސާއަކަށް 500ރ. އަދި ކޮމެޓީ ބައްދަލުވުމަކަށް 300ރ. ނަގާފައިވެއެވެ. މިގޮތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެލަވަންސްގެ ގޮތުގައި ނަގާފައިވާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް 674،260ރ. އަނބުރާ ނުލިބޭކަމަށް ހިސާބުތަކުން ދައްކައެވެ. 

ޖޭއެސްސީން މިދިޔަ ދެ އަހަރު އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކޮށްފައިވާކަން އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ސިޓީން އަންގައިގެން ބައެއް ފަރާތްތަކުން ފައިސާ ދައްކަމުން އަންނަ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖޭއެސްސީން 2023 ވަނަ އަހަރުގެ ބަޖެޓު ޚަރަދުކޮށްފައިވަނީ ބަޖެޓުގައި ކަންޑައަޅާފައިވާ ކަންކަމަށް، ކަނޑައަޅާފައިވާ މިންވަރަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު