ENGLISH

07 ޖުލައި 2025

Advertisement

އައިއައިޔޫއެމް އިން އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒަށް އަރުވައިފި

29 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިންޓަރްނޭޝަނލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

މި ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މިއީ އައިއައިޔޫއެމްއިން ދިވެއްސަކަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ފަހަރެވެ. މި ޝަރަފް އެމަނިކުފާނަށް އަރުވާފައިވަނީ، ޑޮކްޓާ އޮފް ފިލޯސަފީގެ އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިންނެވެ.

ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، އައިއައިޔޫއެމްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ތަޢުލީމު ހާސިލް ކުރަމުންނެވެ. މިހާތަނަށް 380 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ އެ ޔުނިވަރސިޓީން ތަޢުލީމް ހާސިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު