ENGLISH
07 ޖުލައި 2025
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ
29 އޭޕްރީލު 2025
|
ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިންގް ޑިވެލޮޕްނެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.
އެޗްޑީސީގެ އިއުލާނުގައި ވާގޮތުގައި ކްލިނިކް ހިންގުމަށް 669.9 އަކަފޫޓުގެ ބިމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިތަން ދޫކުރަން ނިންމާފައިވަނީ 10 އަހަރުގެ މުއްދަތަކަށް ކަމަަށްވެސް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.
އެގޮތުން ފުރަތަމަ ދެ އަަހަރުގެ ކުއްޔަކީ މަހަކު ކޮންމެ އަކަފޫޓަކަށް 17.5 ރުފިޔާ ކަމަށްވާއިރު، މަހަކަށް ޖުމުލަ 11،712.75 ރުފިޔާ ދައްކަންޖެހޭނެއެވެ.
މި ކުލިނިކް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައިވާ ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ހަތަރުވަނަދުވަހުގެ މެންދުރު ފަހު 14:00ގައި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައި ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު ސާފު ކުރުން އެދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާކަަމަށް ވެސް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގައި މިހާރު ސިއްޙީ ފަރުވާދޭނެ ވަކި ތަނެއް ޤާއިމް ކުރެވިފައި ނެތުމުން، މިހާރު ފަރުވާ ހޯދަން އަންނަން ޖެހެނީ މާލެ އަށެވެ.