ENGLISH
04 ޖޫން 2025
އިއްޔެ އަކީ ޓޫރިޒަމް މިނިސްޓަރަށް ބުރަ ދުވަހެއް!
29 އޭޕްރީލު 2025
|
ގަތަރު ޓޫރިޒަމްގެ ޗެއާމަން ސާދް އަލް ހާޖީ އާ ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް ބައްދަލުކުރައްވަނީ. -- ފޮޓޯ/ ޓޫރިޒަމް
ރާއްޖެ އިން ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް އިއްޔެ ގިނަ ފަރާތްތަކަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާރގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި މިނިސްޓަރު ވަނީ ބޭރުގެ ޓޫރިޒަމް ދާއިރާގެ އެކިއެކި ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖޭގެ ޓޫރިޒަމާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ފެއާރ ހުޅުވި ވަގުތު އެމިރޭޓްސް އެއާރލައިންގެ ޗެއަރމަން ޝެއިޚް އަހުމަދް ބިން ސަޢީދު އަލް މަޚްތޫމް ވަނީ ރާއްޖޭގެ ޕެވިލިއަން އަށް ޒިޔާރަތް ކުރައްވައިފަ އެވެ. މިނިސްޓަރު ވަނީ އެއާ އެރެބިޔާ ޓީމާ ވެސް އިއްޔެ ބައްދުކުރައްވާ، ރާއްޖެއަށް އެ އެއާރލައިނުން ކުރާ ދަތުރުތައް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވާރާ ކުރައްވައިފައެވެ.
އޮމާންގެ ހެރިޓޭޖް އެންޑް ޓޫރިޒަމް މިނިސްޓަރު ސަލްމާން ބިން މުހައްމަދު އަލް މަހްރޫގީއާ މިނިސްޓަރު ޠާރިޤު އިބްރާހިމް ބައްދަލުކުރައްވަނީ. -- ފޮޓޯ/ ޓޫރިޒަމް
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އިއްޔެ ވަނީ އޮމާންގެ ހެރިޓޭޖް އެންޑް ޓޫރިޒަމް މިނިސްޓަރު ސަލްމާން ބިން މުހައްމަދު އަލް މަހްރޫގީއާ އެކު ވެސް ގުޅުން ބަދަހިކުރެއްވުމަށް މަޝްރާ ކުރައްވައިފައެވެ. ގަތަރު ޓޫރިޒަމްގެ ޗެއާރމަން ސާދް އަލް ހާޖީއާ ވެސް މިނިސްޓަރު އިއްޔެ ބައްދަލުކުރެއްވިއެވެ.
ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް، އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖުމަންޓް ސެމިއުލް ލިމް ޔޮންގ ޕެންގއާ ވެސް މިނިސްޓަރު މަޝްވަރާ ކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓަރު ތާރިޤު އެމްއެމްޓީވީ އަށް ވިދާޅުވީ އިއްޔެ އަކީ "ވަރަށް ރަނގަޅަށް ދިޔަ ދުވަހެއް" ކަމަށެވެ.
ފެއާގައި ބައިވެރިވި ދިވެހި ފަންނާނުންނާ މިނިސްޓަރު ތާރިޤު ބައްދަލުކުރައްވަނީ. -- ފޮޓޯ/ ޓޫރިޒަމް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން އަބްދުﷲ ޤިޔާޒް ވިދާޅުވީ ފެއާގެ ފުރަތަމަ ދުވަސް ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އެމިރޭޓްސް އެއާލައިނާއި ގަތަރު އެއާވޭސް އާ އެކު ދެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެެވެ.
ރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަކަން ފެއާރގައި ތަމްސީލުކުމަށް ވަރަށް ގިނަ ދިވެހި ފަންނާނުންނަށް ފުރުސަތު ދީފައިވާއިރު، ދިވެހި ފަންނާނުންނާ ވެސް މިނިސްޓަރު އިއްޔެ ބައްދަލުކުރައްވާފައިވެއެވެ.
ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ގެންދާ ފެއާރގައި ރާއްޖޭގެ 110 ކުންފުންޏަކުން 235 މަންދޫބުން ބައިވެރިވެއެވެ. ފެއާރގައި ބައިވެރިވި ގިނަ ކުންފުނިތަކުން، ވަނީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސްޓޯލްތައް ވެސް ހަދައިފައެވެ.
މިފަހަރުގެ ފެއަރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.