ENGLISH
07 ޖުލައި 2025
ގެއްލުނު ދޯނި އިންޖީނު ހުއްޓިފައި އޮއްވާ ލ. އަތޮޅުން ފެނިއްޖެ
29 އޭޕްރީލު 2025
|
ގެއްލިގެން ހޯދި "ބްރިލިއަންޓް ކެރިއަރ" ދޯނި-- ފޮޓޯ/ޕޮލިސް
ގދ. ގައްދޫއިން ފުރައިގެން ފަސް މީހުނާއެކު ދަތުރުކުރަނިކޮށް ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ދޯނި އިންޖީނު ހުއްޓިފައި އޮއްވާ ލ. އަތޮޅުން ރޭ ފަތިހު ކޯސްޓު ގާޑަށް ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ކޯސްޓުގާޑާ ހަވާލާ ދީ ފުލުހުން ބުނީ ރޭ ފަތިހު 5 ޖަހާ އެހާކަންހާއިރު ދޯނި ފެނުނުއިރު ދޯނީގެ މީހުންގެ ހާލު ރަނގޅު ކަމަށެވެ. އަދި ދޯނީގެ އިންޖީނު ހުއްޓިފައިވުމާއެކު ދޯންޏަށް އެ ވަގުތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ކޯސްޓުގާޑާއި ހަވާލާދީ ފުލުހުން ބުންޏެވެ.
"ބްރިލިއަންޓް ކެރިއަރ" ދޯނި ފެނިފައި މިވަނީ އެ ދޯނި ގެއްލުނުތާ ގާތްގަނޑަކަށް 12 ގަޑިއިރު ފަހުންނެވެ. އެ ދޯނި ގެއްލިގެން ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6 ޖަހާއިރު އެވެ.
މި ދޯނީގައި ތިބީ ފަސް މީހުންނެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.