ENGLISH
29 އޭޕްރީލު 2025
ފަސް މީހުން ތިބި ދޯންޏެއް ގެއްލިގެން ހޯދަނީ
29 އޭޕްރީލު 2025
|
ގެއްލިގެން ހޯދާ ދޯނި
ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ދޯނި ފުރީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ކަމަށެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އެއިރު ކެޕްޓަން ބުނީ ހުވަދޫ ކަނޑަށް ނިކުތްތާ ގިނައިރުތަކެެއް ނުވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެއެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރުމުން، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައިވާ ކަމަށާ ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ބުންޏެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައި ދިނުމަށް ވަނީ އެދިފަ އެވެ.