ENGLISH

07 ޖުލައި 2025

Advertisement

ދުންފަތް ކޮންޓްރޯލް ކުރުމުގެ އޮޕަރޭޝަނަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އެދިއްޖެ

28 އޭޕްރީލު 2025

|

އަހުމަދު ސައީދު

މާލޭގެ ކާރުބާރު ބޮޑު މަގެއް: ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގާނޫނާއި ގަވާއިދަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރޭ-- ފޮޓޯ/އެޑިޝަން

ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ހިންގާ އޮޕަރޭޝަނަށް އެއްބާރުލުން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން އެދިއްޖެއެވެ. 

އެޗްޕީއޭ އިން އާންމު ކުރި މެސެޖެއްގައި ބުނީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށް، ކަމާބެހޭ އިދާރާތައް ގުޅިގެން ޚާއްސަ އިންސްޕެކްޝަންތަކެއް މި މަހުގެ 20 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު ވެސް އެޗްޕީއޭގެ މެސެޖާއެކު ވަނީ ހިއްސާކޮށްފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކަން ބޭނުންވާ ފަރާތްތަކުން ލައިސަންސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއް ކޮށްފިނަމަ، ފުރަތަމަ ފަހަރު 50،000ރ. އިން އަދި އޭގެ ފަހުން ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު