ENGLISH

26 ނޮވެމްބަރު 2024

ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކާލަނީ

14 ނޮވެމްބަރު 2024

|

އެމް އެމް

 ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކާލަން ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ދޫކުރާ 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ދެ ބިމަކާއި ބީޗު ފަޅިން ދޫކުރާ 6 ބިމެކެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ.

އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާއެވެ. އަދި ބީޗް ފަޅިން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ.

ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް ބީލަން ހުށައެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކުމަށް އެޗްޑީސީން ހުޅުވާލިއެވެ.  

ކިޔުންތެރިންގެ ހިޔާލު