ENGLISH

28 އޭޕްރީލު 2025

Advertisement

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން: ސިފައިންނާއި ފުލުހުން ޤައުމީ ޚިދުމަތުގައި

27 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މަގުމަތީ ފުލުހުން ހަރަކާތްތެރި ވަނީ --

މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާން ފަށައިފި އެވެ.

މިއަދާއި މިރޭ އަދި ރޭ ވެސް މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް މޫސުން ގޯހެވެ. މިރޭ ވަރަށް ބޯކޮށް މާލެއަށް ވާރޭވެހުނެވެ.

ވާރޭވެވެހި ފެންބޮޑުވުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ.

ފުލުހުން ބުނީ ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ސިފައިން ވެސް ދަނީ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ގޮތުން ފަސް ސަރަހައްދެއް ގައި ވަނީ ޕަންޕު ބަހައްޓާފަ އެވެ.

ޕަންޕު ބަހައްޓައިގެން ފެން ހިންދަމުން ދަނީ ވެސްޓްޕާކު ސަރަހައްދާއި އައިޖީއެެމްއެޗް އަދި މާފަންނު ފެރީ ޓާމިނަލް އާއި ބޮޑުވަލު އަދި ދަރުބާރުގެ ކައިރީ ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު